މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ މަސައްކަތްތައް
މިނިސްޓްރީ އޮފް ހޯމް އެފެއާޒު އުފައްދަވާފައިވަނީ ޤާނޫނު އަސާސީން ލިބިދޭބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ. މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
1. ޤައުމުގެ މަޞްލަޙަތު ރައްކާތެރިކޮށް، ސުލްޙަ މަސަލަސްކަން ގާއިމުކުރުމަށްކުރެވޭ މަސައްކަތާއި، ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާ ރައްކާތެރިކަން އިތުރުކުރުމާއި، މުދަލާއި ފައިސާގެ ރައްކާތެރިކަން އިތުރުކުރުމަށް ފުލުހުންކުރާ މަސައްކަތްތައް ހިންގާގޮތް ބެލެހެއްޓުން.
2. ޤާނޫނީގޮތުން ބަންދުކުރަންޖެހޭ މީހުން ބަންދުކޮށް، ހައްޔަރުކުރަންޖެހޭ މީހުން ހައްޔަރުކޮށް، އަރުވާލަންޖެހޭ މީހުން އަރުވާލައި ބެލެހެއްޓުން.
3. ބަންދުކޮށްފައިތިބޭ މީހުންނާއި ހައްޔަރުކޮށްފައިތިބޭ މީހުންނާއި، އަރުވާލާފައިވާ މީހުންގެ ސިޓީއާއި އިލްތިމާސް، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވައި، ލިބޭ ޖަވާބު އެ މިސްމީހުންނަށް އެންގުން.
4. ގާނޫނު ނަންބަރު 3002/1 "ޖަމްޢިއްޔާތަކާބެހޭ ޤާނޫނު" ގައިވާ ގޮތުގެ މަތިން، ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކާއި، ކްލަބްފަދަ ތަންތަން ރަޖިސްޓްރީ ކޮށް އެފަރާތްތައް ރާއްޖޭގެ ތަރައްޤީއަށް ފައިދާހުރި ގޮތެއްގައި ހަރަކާތްތެރިވުމަށް އެހީތެރިވެދިނުން.
5. ރާއްޖޭގެ ކްލަބް ޖަމްޢިއްޔާތައް ފަދަ ތަންތަނުގެ ދަފުތަރު ބެލެހެއްޓުމާއި، މަދަނީ ޖަމްޢިއްޔާތައް ކުރިއެރުވުން.
6. ރާއްޖޭގެ ޖަމާޢަތްތައް އަތޮޅު ފެންވަރުގައާއި ރަށުފެންވަރުގައާއި ތަރައްޤީކުރުން.
7. އާންމުކޮށް އިޝްތިހާރުކުރުމަށް ހުއްދަ ދިނުން.
8. ކާނިވަލް، ފަންފެއަރފަދަ ތަންތަން ހުޅުވުމުގެ ހުއްދަ ދިނުން.
9. އަޚްލާޤީގޮތުން މަނާ ލަވަޖެހުމާއި، އެފަދަ ލަވަކިއުން މަނާކޮށް ބެލެހެއްޓުން.
01.ރާއްޖޭގައި ޤާނޫނާއި ޚިލާފު ކަންތައްތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން.
11.މީހެއްގެ އެއްޗަކުން ނުވަތަ ބައެއްގެ އެއްޗަކުން އަނެކަކަށް ނުވަތަ ބަޔަކަށް ތުރާވާނަމަ އެކަމެއް ފިލުވައި ދިނުމާއި އާނމު އުނދަގުލުގެ މައްސަލަތައް ބެލުން.
21.ޤާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރި ސަރަހައްދީ، އަދި އަތޮޅުތަކާއި ރަށްތަކުގެ ތަރައްޤީއާއި އިދާރީގޮތުން ހިންގުން.
31.އަތޮޅުގެ ރަށްރަށުގެ އުމްރާނީ، އިޖްތިމާއީ އަދި އިޤްތިސާދީ ތަރައްޤީއަށްޓަކައި ރަށްރަށުގައި ރައްޔިތުން ބޭނުންވާގޮތަށް އިސްނަގައިގެން ޕްލޭންތަކާއި މަޝްރޫޢުތައް ރާވައި ހިންގުމަށް ބާރުއެޅުމާއި މިފަދަ މަޝްރޫޢުތައް ހިންގުމުގައި ބޭނުންވާ ވަސީލަތްތަކާއި ފައިސާއާއި ފަންނީ އެހީ ލިބޭނެމަގު ފަހިކޮށްދިނުން.
41.ރަށްރަށުގެ ތަރައްޤީއާއި ގުޅޭ ގޮތުން ރައްޔިތުން ހުސަހަޅާ ކަންތައްތަކުގެ ތެރެއިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައް ފާހަގަކޮށް އެކަންތައްތައް އިދާރާތަކަށް ހުށަހެޅުން.
51.އަތޮޅުތަކުގެ ރަށްރަށުގެ އާނމު ހާލަތު ހުރިނެތްގޮތް ބެލުމާއި ވިއްސާރަވެގެން ނުވަތަ އެނޫންވެސް ޤުދުރަތީ ގޮތުން ރަށްރަށުގެ މީހުންނަށް ލިބޭ ގެއްލުންތައް ވަޒަންކޮށް ސަރުކާރުން ދޭން ހަމަޖައްސާ އެހީދިނުމާއި އަތޮޅެއްގައި ކާޑުގެ ބާވައްތައް މަދުވެއްޖެނަމަ ކާޑު ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުން.
61.އަތޮޅު ކުރިއަރުވާ ކޮމިޓީ އަދި ރަށްކުރިއަރުވާ ކޮމިޓީތައް އިންތިޚާބު ކުރުމާއި، އެކޮމިޓީތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަަސައްކަތްތައް ކުރުން.
71.މިނިސްޓްރީ އޮފް ހޯމް އެފެއއަރޒްގެ ދަށުންހިންގާ އޮފީސްތަކުގެ އިންސާނީ އަދި އެހެން ވަސީލަތްތައް ތަރައްޤީކޮށް، މި އޮފީސްތަކުގެ އިދާރީ ހިންގުން ޒަމާނާއި އެއްގޮތަށް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިނިސްޓްރީގެ ބަޖެޓަށް ލިބުމުން، އެފައިސާ އެއޮފީސްތަކަށް ފޯރުކޮށްދިނުމާއި، މިނިސްޓްރީގެ ދަށުން ހިންގާ އޮފީސްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
81.ރާއްޖޭގެ ޤާނޫނުތައް ތަންދޭ އެންމެ ފުޅާދާއިރާއެއްގައި ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ދައުލަތުން ހޯދައިދީ ފޯރުކޮށްދިނުމާއި، އެކަމަށް ބޭނުންވާ ފަންނީ އެހީ އަތޮޅުތަކަށް ފޯރުކޮށްދިނުން.
91.އަަތޮޅުއޮފޯހާއި ރަށުއޮފީހުން ދޭންޖެހޭ ޚިދުމަތްތަކާއި ގުޅިގެން ޖަވާބު ނުލިބިގެން ނުވަތަ އަތޮޅުއޮފީހުންނާއި ރަށްރަށުގެ އޮފީހުން އެކަން ބެއްލެވިގޮތާއިމެދު ހިތްހަމަ ނުޖެހިން ހުށަހަހަޅާ ޝަކުވާގެ މައްސަލަތައް ބެލުން.
02.ލާމަރުކަޒީ އުސޫލުމް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި އަދި ރަށްރަށުގެ ކަންތައްތައް ބެލެހެއްޓުން.
12.ށ.މާފިލާފުށި ބަލަހައްޓާ އޮފީހާއި، ލ.ގަމުގެ ސިނާޢީ ސަރަޙަައްދީ އޮފީސް އެހެން ރަށްތައް ބަލަހައްޓާ އުސޫލުން ބެލެހެއްޓުން.
22.އެކި މުނާސަބާތަކާއި ގުޅިގެން ސަރުކާރުން އަތޮޅުތަކުގައި ބާއްވާ ކަންކަމުގައި އެހީތެރިކަން ފޯރުވައިދިނުން.
32.އަތޮޅުތަކުގައި ސަރުކާރުން އެެހެން އޮފީހަކާއި ހަވާލުކުރައްވާފައިނުވާ ކަންތައްތައް ހިންގާ ބެލެހެއްޓުން
42.ރާއްޖޭގައި އިމިގްރޭޝަނާބެހޭ އެންމެހައި ސިޔާސަތުތައް ކަނަޑައަޅައި ހިންގައި ތަންފީޒުކުރުން.
52.ރާއްޖެއަށް އެތެރެވާ މަސްތުވާތަކެއި ދެނެގަނެ އެތެރެވާ ދޮރުތައް ބަންދުކޮށް އެކަމާ ބެހޭ ގޮތުން ހަދާފައިވާ ޤާނޫނުތައް ދައުލަތުގެ މުއައްސަސާތަކާއި ގުޅިގެން ތަންފީޒުކުރުން.
62.މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ މަސައްކަތްތަކާއި ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތަައްތައް ހިންގައި ބެލެހެއްޓުން.